ރާއްޖޭގައި ކޮވިޑުން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފި އެވެ.

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއިއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އޮފީސްތަކަށް މުައްޒަފުން ނިކުމެގެން ޚިދުމަތް ދިނުމާއި ޔުނިވަރސިޓީ ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމަށް ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން ރެސްޓޯރެންޓު/ ކެފޭ ތަކުގައި އާންމު އުސޫލުން ޚިދުމަތް ދިނުމާއި ގިނަ މީހުންނަށް ބައިވެރިވެވޭގޮތަށް ކައިވެނި ހަފްލާތަކާއި ޕާޓީތައް ބޭއްވުމަށް ވެސް ވަނީ ހުއްދަ ދީފަ އެވެ. އަދި މި ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވަނީ މާދަމާއިން ފެށިގެން ނެވެ.