ބޭނުންވާ ތަކެތި ( ކުކުޅު މެރިނޭޓު ކުރުމަށް )

1 ކުކުޅު

1 ލުނބޯގެ ހުތް

1 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ކޮތަނބިރި (ހަނާކޮށްފަ)

2 އިންޗި ލެމަން ގުރާސް

3 މޭޒުމަތީ ސަމުސާ ސޮއީ ސޯސް

3 މޭޒުމަތީ ސަމުސާ ފިޝް ސޯސް

1 މޭޒުމަތީ ސަމުސާ ބްލެކް ސޮއީ ސޯސް

1 ސައިސަމުސާ ހަކުރު

½ ޖޯޑު ފެން

ބޭނުން ވާ ތަކެތި ( ޑިގިން ސޯސް އަށް )

2 މޭޒުމަތީ ސަމުސާ ހެލެނބެލި ހުތް ( ދިޔާކޮށް ފެނުގައި ގިރާފައި)

1 މޭޒުމަތީ ސަމުސާ ފިޝް ސޯސް

1 ސައިސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

މޭޒުމަތީ ސަމުސާ މުގުރި މިރުސް

2 އިންޗި ލީކްސް (ކޮށާފައި)

1 ކުޑަ ފިޔާ (ކޮށާފައި)

2 އިންޗި ސެލެރީ

2ސައިސަމުސާ ކޮރެއަންޑާ ލީވްސް

2 މޭޒުމަތީ ސަމުސާ ހަނާކުރި ހަނޑޫ (މުގުރާފައި)

ތައްޔާރުކުރާނެ ގޮތް

ކުކުޅު ދެފައި ވަކިކުރުމަށްފަހު ދެފަޅި އަށް ފަޅާލައި ސާފުކޮށްލާށެވެ. އެއަށްފަހު ކޮތަނބިރިއާއި އަސޭމިރުސް މުގުރާލާށެވެ. ދެން ލޮނުމެދުވެސް އޭގެ ތެރެއަށް އަޅާ ހިމުން ކޮށްލާށެވެ. ދެން ފިޝް ސޯސް އާއި ސޮއީ ސޯސް ބްލެކްސޯއީ ސޯސް އަޅައި ހުރިހާ އެއްޗެއް އެކޮށްލުމަށްފަހު ލުނބޯ ހުތް ފިތާލާށެވެ. ދެން ތެޔޮ ފޮދުވެސް އަޅައި ގިރާލާށެވެ. އެއަށް ފަހު ފެން އަޅައި ރަނގަޅަށް އެއް ކޮށްލާށެވެ. ދެން ކުކުޅު، ބަންދުކުރެވޭ ކޮތަޅަކަށް ނުވަތަ މަތިޖެހޭ ބޯތައްޓަކަށް ލައި މި ތައްޔާރުކުރި މެރިނޭޓް ކުރާ ސޯސް އަޅައި 2 ގަޑި އިރު އައިސް އަލަމާރީގައި ބަހައްޓާށެވެ.

އެއަށްފަހު ޑިގިންސޯސް އަށް ތައްޔާރުކުރި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އެންމެ ފަހުން އެއްކުރާނީ މުގުރި ހަނޑޫކޮޅެވެ.

ދެން އަވަން ހޫނުކުރުމަށްފަހު މެރިނޭޓުކުރި ކުކުޅުތައް ފިހެލާށެވެ. ނޫނީ ނާށި އަނގުރުގައި ފިހެލާށެވެ.