މި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނިވެސް ރާއްޖެއަށް 18،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެ އަށް ވަނީ 18،576 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 938 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައި ވަނީ 96,881 ފަތުރުވެރިންނެވެ. އަދި މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އޭޕްރީލް މަހު ވަނީ 91،200 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި މޭ މަހު 64،613 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖޫން މަހު 56،166 ފަތުރުވެރިން އަދި މިދިޔަ މަހު ވަނީ 101،818 ފަތުރުވެރިން އައިސްފައެވެ.

އިއްޔެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 23 އިންސައްތަ ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިންޑިއާ އިން ހިއްސާކުރަނީ 17 އިންސައްތައެވެ.