ރޭގެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާ އަށް 7800 ރުފިޔާ ހަމަޖައްސާދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ރޭ އަލިފާން ރޯވެފައިވަނީ މއ. އެމްޓޭޝަން ގޭގައެވެ. އަލިފާނުގެ ހާދިސާއެއް ހިނގީ އެގޭގެ ކޮޓަރިއެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެ ގޭގެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން އަލިފާން ރޯވީ ކޮޓަރީގައި ހުރި އަންނައުނާއި ސޯފާ އަދި ގޮދަނޑީގައެވެ. މި ހާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެންޑީއެމްއޭ އިން ބުނީ މއ. އެމްޓޭޝަން ގޭގައި ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން ވަގުތީ އެހީތެރިކަން ބޭނުންވި އާއިލާއަށް ރިލީފް އެހީގެ ގޮތުގައި 7800 ރުފިޔާ ހަމަޖައްސާދީފައިވާ ކަމަށެވެ. އެއީ އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމަށާއި، ކެއިން ބުއިން އަދި އައްނައުނު ހޯދުމަށް ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.