ޑެންޓިސްޓަކު ސާފުކޮށްލަން ބޭނުންވާ ކަހަލަ ދަތްޕިލައެއް ހުރި މަހެއް އެމެރިކާގެ ނޯތު ކެރޮލައިނާގެ މީހަކު ބާނައިފިއެވެ. އޭނާ ބުނިގޮތުގައި ރީތި ދަތްޕިލައެއް ހުރި މަހެއް އަތު ޖެހުމުން އޭނާ ހައިރާން ވިއެވެ.
މިވައްތަރުގެ މަހަށް ކިޔަނީ ކަންބަޅި ބޯލީ މަސްކަމަށް މީޑިއާއިން ބުނެއެވެ. ގާތަކާއި މުރަކަ ގިނަ ސަރަހައްދުގައި އުޅޭ މިސޮރުގެ ދަތްޕިލާއަކީ އެސޮރުގެ ބޮލުގެ ސިފައިގެ ބައްޓަމުން އުފެދިފައިވާ ދަތްޕިލައެއް ކަމަށް ލަފާ ކުރެވެއެވެ.
މިސޮރުގެ ދަތްޕިލާ ހުންނަނީ އާންމުކޮށް އިންސާނުން ދަތްޕިލާ ހުންނަ ބައްޓަމަށެވެ. ފޮޓޯ އިން ފެނުނު ދަތްޕިލާއަށް ބަލާލުމުން މި ސޮރު އާންމުކޮށް ދަތް އުނގުޅައި އުޅޭ ވައްތަރެއް ނުޖަހައެވެ. ހީވަނީ ބިލަތް ހުނި ލައިގެނ ދުފައި އުޅޭ މީހެއްގެ ދަތްޕިލައެއް ހެންނެވެ.
ކަންބަޅި ބޯ ހިފިމީހާ ބުނާ ގޮތުން މިއީ ވަރަށް އުނދަގުލުން ބޭނޭ ވައްތަރެކެވެ. ނަމަވެސް މި ސޮރުގެ މަހަކީ ނިކަން މީރު މަހެއްކަމަށް އޭނާ ބުނެއެވެ.