ޖަލުތަކުގައި ހިންގި އޮޕަރޭޝަންތަކުން ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ މިއަދާއި ހުސްވި ހަފްތާގައި އައްސޭރި ޖަލާއި މާފުށީ ޖަލުގައި ކައިރި ކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން މިއޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގަނެވިފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

"މި މައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސް އަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނެ" އަހުމަދު ވިދާޅުވިއެވެ.

ސީޕީ މީގެ ކުރިން ވިދާޅުވި ގޮތުގައި އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެ ކަމަށެވެ.