އިންޑިއާގެ ކޯވެކްސިން އުފައްދާ ބާރަތު ބަޔޯޓެކްއަށް ހަރުދަނާ އީޖާދެއް އުފެއްދިކަމަށް ބުނެ ޔޫރަޕުން ސެޓްފިކެޓެއް ދީފިއެވެ. ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސް ސެޓްފިކެޓް ދީފައިވަނީ ކޯވެކްސިންއަށް ރިއާޔަތްކޮށް، ހަންގެރީގެ ނޭޝަނަލް އިންސްޓިއުޓް އޮފް ފާމަސީންނެވެ.

އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާ ކޮރޯނާ ވައިރަސްއާ ދެކޮޅަށް ބޭނުންކުރާ ކޯވެކްސިން އިން ދަނީ ކުއްލި ހާލަތުގައި ބޭނުންކުރާ ވެކްސިނެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ބޭނުން ކުރުމަށް ހުއްދައަށް އެދި ހުށަހަޅަމުންނެވެ.

ބާރަތު ބަޔޯޓެކް އިން ބުނިގޮތުގައި މި ސެޓިފިކެޓް އެކުންފުންޏަށް ލިބުނީ އެކުންފުނީގެ އީޖާދީ އުފެއްދުމަށް ބިނާކޮށެވެ. ކޯވެކްސިންއަކީ މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓާ ކުރިމަތިލާންވެސް އެކަށީގެންވާ ވެކްސިނެއް ކަމަށް ބާރަތު ބައޯ ޓެކްއިން ބުނެއެވެ.