ޓިބެޓްގެ ސްކޫލު ދަރިވަރުން، އަސްކަރީ ތަމްރީނުތައް ހެދުމަށް ޗައިނާ ސަރުކާރުން މަޖުބޫރު ކުރަމުންދާކަމަށް ރޭޑިއޯ ފްރީ އޭޝިއާ އިން ބުނެފިއެވެ. ޗައިނާ ސަރުކާރުގެ މަގްސަދަކީ ޓިބެޓު ކުދިންނަށް ކޮމިއުނިސްޓް ޕާޓީގެ އުސޫލުތައް ދަސްކޮށްދީ، ޗައިނާގެ މުޖުތަމައުގައި އެމީހުން ބައިވެރިކުރުމުގެ މަސައްކަތް ފުޅާކޮށް ސިކުނޑި ދޮވެލުމަށް ކަމަށް އާރްއެފްއޭއިން ބުނެއެވެ.

ޗައިނާ ސަރުކާރުން ވަނީ ދެކުނު ޓިބެޓްގައި މިކަމަށް ދެ މިލިޓަރީ ސްކޫލެއްވެސް އަޅާފައެވެ. އަދި ދަރިވަރުންނަށް މި ތަމްރީން ހޯދަން ޖެހެނީ ސްކޫލުގެ ބަންދު ތެރޭގައެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މި މަސައްކަތުގެ ބޭނުނަކީ، ޓިބެޓުގެ ޒުވާނުން ޓިބެޓްގެ ސަގާފަތަށް ބީރައްޓެހިކޮށް، އެމީހުން ކޮމިއުނިސްޓުންނަށް ހެދުމަށެވެ. ޓިބެޓް މީހުން ދަނީ އެމީހުންގެ މާދަރީ ބަސް ގެއްލިޔަ ނުދިނުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކޮމިއުނިސްޓް ޕާޓީން ދޭ ވަތަނީ ތައުލީމުގެ ސަބަބުން ޓިބެޓް މީހުން ޓިބެޓަށް ބީރައްޓެހިވާނެއެވެ.