އިންޑިއާގައި ވެކްސިން ޖަހާ މީހުންގެ ކޮވިޑް ސެޓިފިކެޓް ވަޓްސްއެޕް މެދުވެރިކޮށް ލިބޭ ގޮތަށް ހަދައިފިއެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އާންމު މީހާގެ ދިރިއުޅުން ފަސޭހަކޮށް ދިނުމަށް އިތުރު ފިޔަވަޅެއް އެޅީ ކަމުގައެވެ.
މީގެ ކުރިން ވެކްސިންގެ ކޮންމެ ޑޯޒެއް ޖެހުމަށްފަހު ވެކްސިން ޖެހިކަން އަންގާ ސެޓްފިކެޓް ލިބެނީ އިންޑިއާއިން ހަދާފައިވާ އާރޯގަޔާސެތު އެޕް މެދުވެރިކޮށާއި ކޯވިން ޕޯޓަލް މެދުވެރިކޮށް ވެބްސައިޓަށް ވަދެގެންނެވެ.
ނަމަވެސް އަލަށް ތައާރަފް ކުރި ފަސޭހައިގައި ކޯޑްކޮށްފައިވާ ކުރު މެސެޖެއް ޚާއްސަ ނަމްބަރަކަށް ފޮނުވުން އެސާހިތަކުން ވެކްސިން ސެޓިފިކެޓް ވަޓްސްއެޕަށް ލިބެއެވެ.