އިންޑިއާއާއި އެކުވެރި އަރަބި އިމާރާތުން އަސްކަރީ ތަމްރީން ބާއްވައިފިއެވެ. މިފަހަކަށް އައިސް ޔޫއޭއީއާއި އިންޑިއާގެ އަސްކަރީ ގުޅުން ވަރުގަދަވެ، އަސްކަރީ ދާއިރާގެ އިސް މަސްއޫލުވެރިންގެ ބައްދަލުވުން ބާއްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

ޒާއިދު ތަލްވާރު 2021ގެ ތަމްރީންގައި ޔޫއޭއީއިން ބައިވެރިކޮށްފައި ވަނީ މިސައިލް ޑެސްޓްރޯޔާ މަނަވަރަކާއި ހެލިކޮޕްޓަރެކެވެ. އިންޑިއާއިން ބައިވެރިކުރީ ސީކިންގ ދެ ހެލިކޮޕްޓަރާއި ހަނގުރާމަ މަތީ މަނަވަރު އައިއެންއެސް ކޮއްޗީއެވެ.

މި ތަމްރީނުތަކުގައި ބޭނުންކޮށްފައި ވަނީ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަނާއި އިލެކްޓްރޯނިކް ހަނގުރާމައިހގގެގ އުކުޅުތަކާއި ދެފަރާތް ގުޅިގެން އަސްކަރީ ހާލަތެއްގައި އެއްހަމައެއްގައި އޮޕަރޭޓް ކުރާނެ ގޮތުގެ ތަމްރީންތަކެވެ.

އިންޑިއާގެ ނޭވީގެ ތަރުޖަމާން ވިދާޅުވިގޮތުގައި މިސައިލް ބޭނުންކޮށްގެން ޙަމަލަ ދޭނެ ގޮތާ ބެހޭ ގޮތުން ޑޭޓާ އެއްކޮށް، ބޯޓުތަކަށް މިސައިލް އާމާޒުކުރުމާ ބެހޭ މުހިންމު ތަމްރީންތަކެއް ދެ ގައުމުގެ ސިފައިން ހަދާފައިވެއެވެ.