ޗައިނާއިން އިންޑިއާގެ ސަރަހައްދު ކައިރީގައި ސިފައިން ބައިތިއްބައިގެން އަސްކަރީ ހަރަކާތްތައް އިތުރު ކުރަމުންދާ މިދަނޑިވަޅުގައި އިރުމަތީ ލަދާކްގައި އެއަރޕޯޓްތަކުގެ ފެންވަރު މަތިކުރުމަށް އިންޑިއާއިން ނިންމައިފިއެވެ. އިންޑިއާއާއި ޗައިނާގެ ސަރަހައްދީ ރޮނގު ދެ ގައުމުން ކޮންޓްރޯލުރާ ސަރަހައްދާ ކައިރީގައި ޗައިނާގެ ސިފައިންނަށް ދިހަ މިނެޓް ތެރޭ ފޯރާ ދުރުމިނުގައި ތިން އެއަރފީލްޑެއް އިންޑިއާއިން ބޭނުން ކުރެއެވެ.

ނިޔޯމާ އެއަރފީލްޑަކީ ބަރު ހެލިކޮޕްޓަރުތައް ބޭނުންކުރާ އެއަރފީލްޑެކެވެ.

ލަދާކްގައި ސަރަހައްދަކީ ފަރުބަދަ މަތީ ހިސާބަކަށްވެފައި، ކުންނުތައް ގިނަ، ހަމަ ބިން މަދުތަނެއްކަމުން ސިފައިންގެ ހަރަކާތްތަކަށް ގިނަ ދަތިތައް ކުރިމަތިވެއެވެ. އަދި ސިފައިން ހަރަކާތްތެރިވުމުގައި ވަގުތުތަކެއްވެސް ހޭދަވެއެވެ.

ލަދާކްގެ އެއަރފީލްޑްތަކުގެ ފެންވަރު މަތިކުރުމުގެ ސަބަބުން އިންޑިއާ ސިފައިންނަށް ފަސޭހައިން މައިދާނުގައި ހަރަކާތްތެރި ވެވޭނެއެވެ.

ނޮޔޯމާގެ އިތުރުން މިހިސާބުގެ އެންމެ އުސް ސަރަހައްދު ކަމަށްވާ ދައުލަތު ބޭގް އޯލްޑީގައިވެސް އިންޑިއާއިން އެއަރފީލްޑެއް އޮޕަރޭޓް ކުރެއެވެ.

އިންޑިއާ ސިފައިން ގެންދަނީ ލަދާކްގެ ވެރިރަށް ލެހްގެ ވައިގެ ބަނދަރުގައިވެސް މަތިންދާބޯޓާއި ސިފައިން ބައިތިއްބައިގެންނެވެ.