މާލޭޭގެ ބައެއް ސަރަހައްދުތަކުން މިރޭ ވެސް 6 ގަޑިއިރަށް ފެން ކަނޑާލަން ނިންމާފައިވާ ކަމަށް މްޑަބްލިޔުއެސްސީން ބުނެފި އެެވެ.

އެ ކުންފުނިން ބުނީ ފެނުގެ ޚިދުމަތް މެދުކެނޑޭނީ ހަނދުވަރީ ހިނގުމާއި ޝާއިއު ވަރުދީ މަގާ ދެމެދުން މުނިޔާ މަގުގައި ހިމެނޭ ގޭބިސީތަކުން މިރޭ 11:00 އިން ފަތިހު 5:00 އަށް ކަމަށެވެ.

އެ ސަރަހައްދުން ރޭވެސް ވަނީ އެ ގަޑިތަކުގައި ފެނުގެ ޚިދުމަތް މެދުކަނޑާލާފަ އެވެ.

ފެނުގެ ޚިދުމަތް މެދުކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ މުނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލުން އަޅާފައިވާ ފެން ހޮޅި ގުޅުވައިލުމުގެ މަސައްކަތް ކުރުމަށެވެ.

ޚިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މައާފަށް އެދިފަ އެވެ.

ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ބައެއް މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލައިފައިވެއެވެ.