ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، އެނބޫދޫ ފިނޮޅުކައިރި ކަނޑުމަތިން ލޯންޗަކާއި، ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަގެ ރިޕޯޓް ރޭ 20:41 ގައި ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ކ.މާފުށިން ފުރައިގެން ދަތުރުކުރި ލޯންޗު، އެނބޫދޫ ފިނޮޅުގެ އިރުން 1 މޭލު ބޭރުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގި އިރު އެކްސިޑެންޓްވި ލޯންޗުގައި މީހުން ތިބިއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެކްސިޑެންޓުވި ލޯންޗުގައި ތިބި މީހުން، އެ ލޯންޗުގެ ވެރިފަރާތުން އިތުރު ލޯންޗެއް ގެނެސް އެމީހުން ވަނީ މާލެ ގެނެސްފައި ކަމަށެވެ.

މީގެއިތުރުން މި ހާދިސާގައި އެކްސިޑެންޓްވި ލޯންޗު އެމްއެންޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށުން މާލެ ގެނެސްފައިވާއިރު، މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ބަލަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.