ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ މިންގަނޑަށް އިންޑިއާގެ ސިޢްޙީ ފަރުވާގެ ނިޒާމު ފެއްތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ އަމާޒަށް ވާސިލު ވެވޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ހުށަހަޅާފައި ވަނީ، އާބާދީގެ ކޮންމެ ހާހަކަށް މަދުވެގެން ޑޮކްޓަރެއް ބެހެއްޓުމަށެވެ. އިންޑިއާއިން މިއަމާޒަށް ވާސިލު ވެވިދާނެ ކަމަށް ބުނެއެވެ. އަދި، 2024ށް ހަސްފަތާލުގެ އެނދުތައް 11 ލައްކައިން 22 ލައްކައަށް އިތުރު ކުރުމަށްވެސް އަމާޒު ހިފާފައި ވެއެވެ.

ފާއިތުވި 75 އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ ސިއްޙީ ދާއިރާއިން ރަނގަޅު ކަމިޔާބީއެއް ހޯދާފައެވެ. އިންޑިއާ މިނިވަންވި އިރު، މީހެއްގެ އެވަރެޖް އުމުރަކީ، 28 އަހަރެވެ. މިހާރު މީހެއްގެ އެވަރެޖް އުމުރަކީ 70 އަހަރެވެ. ނަމަވެސް އަދިވެސް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ސިއްޙީ ދާއިރާއިން ގިނަ މަސައްކަތްތައް ކުރަން ޖެހޭކަމަށް ބުނެއެވެ.