ބަލޯޗިސްތާންގެ ޗީފް މިނިސްޓަރާއި ފުލުހުންގެ ވެރިޔާ ހައްޔަރުކުރުމަށް ބަލޯޗިސްތާންގެ ކޯޓަކުން އަމުރެއް ނެރެފިއެވެ. މިއީ ބަލޯޗިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ ދޮރާށީގައި އިދިކޮޅު ފަރާތްތަކުން ބާއްވާފައިވާ އެއްވުން ރޫޅާލުމުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ.

ގާނޫނު ހަދާ މަޖިލީހުގެ ދޮރާށި ބަންދުކޮށްގެން ހުރި މަޖިލިސް މެންބަރު އަބްދުލްވާޙިދު ސިއްދީގީ ވިދާޅުވަނީ ސިފައިން ދޮރު ހަލާކުކޮށްފައި ވަނުމުގެ ތެރޭގައި އޭނާއަށް ހާނީއްކަވެފައިވާ ކަމަށެވެ.

ޖޫން 18ގައި ހިނގާފައިވާ މިހާދިސާގައި މަޖިލީހުގެ ތިން މެމްބަރަކަށް ހާނީއްކަވިއެވެ. މި ހަމަނުޖެހުން ހިނގފައިވަނީ ސަރަހައްދީ ގާނޫނު ހަދާ މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް އޮތް ޖަލްސާއާ ދިމާކޮށެވެ.