ކުޅުދުއްފުށި ސިޓީގެ މޮނިޓަރިންގ އުވާލައިފި އެވެ.

އެ ސިޓީގެ މޮނީޓަރިންގ ހާލަތު އުވާލީ މިއަދު އެވެ.

ކޮވިޑު ކޭހެއް ފެނިގެން އެ ސިޓީ މޮނީޓަރިން ހާލަތަށް ގެންދިޔައީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ނެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު މިވަގުތު އޮތީ އާދައިގެ މިންވަރެއްގައި ހިފެހެއްޓިފަ އެވެ.

މޮނީޓަރިންގ ހާލަތުގައި މިވަގުތު އޮތީ 13 ރަށެކެވެ.