ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބަލި ގަބޫލުކުރަން ބޭނުން ނުވާ މީހާ ބުނެއެވެ. އެމެރިކާގައި ނިމިގެން ދިޔަ ރިއާސީ އިންތިޚާބުގައި ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ދައްކާފައިވާ މޮޔަ ވާހަކަތަކުގެ ސައްޙަކަން ބެލުމަށް ބޮޑުވާ ބިއްލޫރިއާއި މައިކްރޮސްކޯޕްވެސް ބޭނުން ކޮށްފައި ވެއެވެ.

ޓްރަމްޕާއި ސަޕޯޓަރުން ބުނެފައި ވަނީ ޕޯސްޓުން ފޮނުވާފައިވާ ވޯޓު ކަރުދާތަކަކީ ގަނޑުކޮށް ގެނަސް އަޅާފައިވާ ކަރުދާސްތަކެއް ކަމަށެވެ. މި ވޯޓު ކަރުދާސްތަކުގައި ސޓީ އުރައަށް ލާން ފައްޖެހި ރޮނގެއްވެސް ފެންނާން ނެތް ކަމަށެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި އެރިޒޯނާގައި ދެވަނަ ފަހަރަށް ފޮށިތައް ކަނޑައި ބެލި މީހުން މައިކްރޮސްކޯޕް ބޭނުން ކޮށްގެން ވޯޓު ކަރުދާސް ފަށްޖަހާފައިވާ ރޮނގު ކަށަވަރު ކުރިއެވެ.

ދެން ޓްރަމްޕް ބުނީ ޗައިނާއިން ޗާޕްކޮށްގެން ގެނަސްފައިވާ އޮނުން ހަދާފައިވާ ވޯޓު ކަރުދާސްތަކެއް އެޅުމުން އޭނާއަށް އިންތިޚާބު ގެއްލުނީ ކަމަށެވެ. މިކަން ކަށަވަރު ކުރުމުގެ ގޮތުން ކަރުދާހުގައި އޮނު ގަހުގެ ދާލިކޮޅުތައް ފެނޭތޯވެސް ބޮޑުވާ ބިއްލޫރި އަޅައިގެން ބަލާފައި ވެއެވެ.

މިވާހަކަ މިގޮތަށް ރިޕޯޓްކޮށް ޓްރަމްޕްއާއި އައުވާނުން އެމެރިކާގެ ޑިމޮކްރެސީން ވައްކަން ކުރަން އުޅުނު ހާދިސާތައް ރިޕޯޓްކޮށް މިގްރޫޕު ބޭޒާރުކޮށްލީ، ނިއުޔޯރކާގެ ނޫސްވެރިޔާ ޖޭން މޭޔަރއެވެ. އޭނާ ވަނީ އެމެރިކާގެ ޑިމޮކްރެސީއަށް ހުރި ނުރައްކަލާ ބެހޭ ގިނަ ތަހުގީގީ ރިޕޯޓްތައް ލިޔެ ދީފައެވެ.

ރިޕޯޓަރޒް ކޮމިޓީ ފޯރ ފްރީޑޮމް އޮފް ދަ ޕްރެސް އިން މިއަހަރު، ފްރީޑޮމް އޮފް ދަ ޕްރެސް އެވޯރޑް ދޭ ފަރާތަކީ ނިއުޔޯރކާގެ ނޫސްވެރިޔާ ޖޭން މޭޔަރއެވެ.