އިންޑިއާގެ ކަޝްމީރުގައި ޑްރެގަން ފުރުޓުގެ ދަނޑުވެރިކަން ފަށައިފިއެވެ. މި ދަނޑުވެރިކަން ފަށާފައި ވަނީ ކާތުއާ ކިޔާ އަވަށެއްގައެވެ. މީހުނަށް މިއީ އައު ވައްތަރެއްގެ ދަނޑުވެރިކަމެއްކަން ފާހަގަ ކުރެވިގެން ގިނަ ބަޔަކު ވަނީ މިކަމަށް ޝައުގުވެރިވެ ފައެވެ. ޑްރެގަން ފުރުޓް އިންދި މީހާއަކީ ކުރިން އޯކިޑްގެ ދަނޑުވެރިކަން ކޮށް އުޅުނު މީހެކެވެ.

ޑްރެގަން ފުރުޓަކީ، ހަކުރު ބަލި ހުންނަ މީހުންނަށްވެސް ރަނގަޅު މޭވާއެއް ކަމަށް ބުނެއެވެ. މިއީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްގެ މާއްދާ ހިމެނޭ މޭވާއެއްވެސް މެއެވެ. މި މޭވާގެ ފައިދާ އެނގުމުން މީހުންގެ މެދުގައި މަގުބޫލު މޭވާއަކަށް ޑްރެގަން ފުރުޓު ވާން ފަށައިފިއެވެ.