އަފްޣާނިސްތާންގައި ހަނގުރާމަ ހޫނުވަމުން ދިއުމާ ގުޅިގެން އަފްޣާނިސްތާން މީހުންގެ މެދުގައި ޕާކިސްތާނާ ދެކޮޅަށް ނަފްރަތުގެ ޝުއޫރު އިތުރުވާން ފަށައިފިއެވެ. އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮންނަ ޗަމަން ބޯޑަރުވެސް ވަނީ ތާލިބާނުންގެ އަތް ދަށުގައެވެ. ރަސްމީކޮށް ތާލިބާނުން ވަނީ މިތަން ބަންދުކޮށްފައެވެ.

ބޯޑަރު ހުރަސްކުރާ ތަނުން ޕާކިސްތާނާ ވީ ފަޅީގައި ވަނީ ތާލިބާނުންގެ ދިދަ ނަގާފައެވެ. ޕާކިސްތާނު ސަރުކާރުން ބުނާ ގޮތުގައި ކާބުލްގައި ވެރިކަމުގައި ރައީސް އަޝްރަފް އަބްދުލްޣަނީ ހުންނެވިހާ ދުވަހެއްގައި ތާލިބާނުން އަފްޣާން ސަރުކާރާއެކު ސުލްހައިގެ މަޝްވަރާތައް ނުބާއްވާނެ އެވެ.

އަފްޣާނިސްތާންގައި ޓުއިޓާގައި ޓްރެންޑް ވަމުން ދަނީ "ސެންކްޝަން ޕާކިސްތާން"ގެ ހޭޝްޓެގްއެވެ. މި ހޭޝްޓެގް 730ހާސް ފަހަރު ޓުއީޓްކޮށްފައި ވެއެވެ. ޓޯކްވޯލާގެ ތަފާސްހިސާބުން ދައްކާގޮތުން މި ހޭޝްޓޭގް 37 ޕަސެންޓް ފަހަރު ބޭނުން ކޮށްފައިވަނީ އަފްޣާނިސްތާންގެ ތެރެއިން ކޮށްފައިވާ ޓުއީޓްތަކުގައެވެ.