އިންޑިއާއިން ވަގަށް ގެންގޮސްފައިވާ 2 މިލިއަން ޑޮލަރަށް ވުރެން އަގުބޮޑު އާސާރީ ސާމާނުތައް އޮސްޓްރޭލިއާއިން އިންޑިއާއަށް ފޮނުވައިފިއެވެ. މި ތަކެއްޗަކީ އިންޑިއާއިން ވަގަށް ގެންގޮސްގެން ދުނިޔޭގެ އެކި ހިސާބުހިސާބުގައި ގެންގުޅެމުންނާއި ވިއްކަމުން ދަނިކޮށް އޮސްޓްރޭލިއާގެ އާޓް ގެލެރީއަކުން ގަނެފައިވާ ތަކެއްޗެވެ. މީގެ ތެރޭގައި އެތައް ގަރުނެއްވީ، 14 ތަކެއްޗެއް ހިމެނެއެވެ. އޮސްޓްރޭލިއާގައި މި ތަކެތި ގެންގުޅުނު މީހާއަކީ އާސާރީ ތަކެތި ވަގަށް ނެގުމުގައި ނަން ހުތުރު މީހެކެވެ. އޭނާ މިހާރު ވަނީ އިންޑިއާގައި ޝަރީއަތަށް ބަންދުކޮށްފައެވެ.

އިއްވެސް އިންޑިއާ ފުލުހުން ވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ބެންގަލޯރގެ އެކި ހިސާބުތައް ފާސްކޮށްގެން އީސްޓް އިންޑިއާ ކޮމްޕެނީގެ ޒަމާނުގެ ސާމާނާއި އެ ކުންފުންޏާ ގުޅުން ހުރި ބައެއް އާސާރީ ތަކެތި ހޯދައިގެންފައެވެ. މިއާއެކު އެތައް ބިލިއަން ރުޕީސްގެ އަގުހުރި މާވަހަރުތަކެއް ހޯދައިގަތް ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގައި ބޮޑު މަސް ހިފުން މަނާކޮށްފައި ވުމާއެކު އެމަހުގެ އެއްވެސް ބާޥަތެއްގައި ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. އެހެންވެ، މާވަހަރު ގެންގުޅުމަކީވެސް އިންޑިއާގައި މަނާ ކަމެކެވެ.