ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު (ބޯންލެސް)

1 މޭޒުމަތީ ސަމުސާ އިނގުރު (ހިމުންކޮށްފައި/ޕޭސްޓް)

2 މޭޒުމަތީ ސަމުސާ ބަޓަރ

1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

2 މޭޒުމަތީ ސަމުސާ ޕެޕްރިކާ ޕައުޑަރަ

1 ބޮނޑި ސްޕިނިޗް

½ ލުނބޯ ހުތް

2/1 ޖޯޑު ހެވީކްރީމް / ކުކިންގް ކްރީމް / ބޯކިރު

1 މޭޒުމަތީ ސަމުސާ ޑްރައިޑް ވައިޓް ވިނިގާ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ކުކުޅުމަސްތައް ކޮށުމަށްފަހު ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ލޮނާއި އަސޭމިރުސް އަދި ޕެޕްރިކާ ޕައުޑަރ އުނގުޅާލާށެވެ. ދެން ދިހަވަރަކަށް މިނިޓް ބަހައްޓާށެވެ. އެއަށްފަހު ތަވައެއްގައި 1 ސަމުސާ ބަޓަރު ދިޔާކުރުމަށްފަހު އޭގައި ކުކުޅުމަސް އަތުރާލާށެވެ. އެއަށްފަހު ފުށުން ޖަހަމުން ކުކުޅު މަސްތައް ރޯފިލުވާލާށެވެ. ކުކުޅުމަސްތައް ރޯފިލުމުން ނަގާ ތަށްޓަކަށް އަޅާށެވެ. އެއަށްފަހު އަނެއްކާވެސް އެތަވައަށް 1 މޭޒުމަތީ ސަމުސާ ބަޓަރ އަޅާށެވެ. ބަޓަރ ދިޔާވުމުން އިނގުރުކޮޅު އަޅާށެވެ. އެއަށްފަހު ކޯންފުލާ، ޑްރައިޑް ވައިޓް ވިނިގާވެސް އަޅާށެވެ. ދެން ހެވީ ކްރީމް އަޅާށެވެ. އެއަށްފަހު ލުނބޯ ކިބައެއްގެ ހުތް ފިތާލާށެވެ. ދެން ލޮނު ހެޔޮވަރުކުރާށެވެ. އެއަށްފަހު ޕެޕްރިކާ ޕައުޑަރ 1 ސަމުސާ އަޅާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ސްޕިނިޗް ފަތްކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ފަސް ވަރަކަށް މިނިޓު ކެއްކުމަށްފަހު ރޯފިލުވި ކުކުޅު މަސްތައް އަޅާށެވެ. ދެން ކުޑަ އިރުކޮޅަކު ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ.