ޕާކިސްތާންގައި އަންހެނުންނަށް ނުރައްކާ ބޮޑުވެގެންދާ މައްސަލާގައި އަނެއްކާވެސް ބަހުސްތައް ފަށައިފިއެވެ. ޕާކިސްތާންގެ ޑެއިލީ ޓައިމްސްގައި ލިޔުއްވަމުން ޑރ. ސަމީނާ ސާބިރު ވިދާޅުވަނީ އަފްޣާނިސްތާންގައި އަދުލު އިންސާފުގެ ނިޒާމުގައިވެސް އަންހެނުންގެ ހައްގަށް އަރައިގަންނަ މީހާއަށް އަބަދު ދިނުން ވެފައި އޮންނަނީ ނާދިރު ކަމަކަށެވެ. އޭނާ ވިދާޅުވީ ޖޯރޖްޓައުން އިންސްޓިއުޓްގެ އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގައުމުތައް ގިންތި ކުރާއިރު 2019ގައި 167 ގައުމެއްގެ ތެރޭން ޕާކިސްތާން ދަރަޖަ ކުރެވުނީ 164 ވަނައި ގައެވެ.

އޭނާ ވިދާޅުވި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކުގެ ޝަރިއަތް ކުރާއިރު ޕާކިސްތާންގައި އިސްތިއުމާރީ ސަގާފަތުން ބައެއްގެ ގޮތުގައި އިނގިރޭސި ގާނުން ބަޔަކާއި އަދި އިސްކާމީ ޝަރިއަތުން ބައެއް ހިމަނައިގެން ގާނޫނު ތަންފީޒު ކުރުމަށް މަސައްކަތް ކުރެވޭ ކަމަށެވެ.

ޕާކިސްތާންގައި އަންހެނަކު ރޭޕް ކުރާ މީހުންގެ ޝަރީއަތް ކުރާ ނިސްބަތް އުޅެނީ 11.68 ގައި ކަމަށް ވިދާޅުވެއެވެ. މިއީ އިންޑިއާގެ ނިސްބަތުން 37 އިންސައްތަ ދަށް އަދަދެއްކަމުގައި އޭނާ ވިދާޅުވެއެވެ. އަދި އެމެރިކާގެ ނިސްބަތތުން 85 އަދި ޖަޕާންގެ ނިސްބަތުން 99 އިންސައްތައަށް ދަށް އަދަދެކެވެ.

ޕާކިސްތާންގެ ޖިންސީ ކުށްތަކުގައި ޝަރިއަތް ކުރާ ނިސްބަތް އުޅެނީ އެންމެ ތިނެއް އިންސައްތައިގައި ކަމަށް އޭނާ ވިދާޅުވިއެވެ. މިއިން ދައްކައި ދެނީ އަދު އިންސާފުގެ ނިޒާމު އެކަށީގެންވާ ގޮތަށް ހަރަކާތްތެރި ނުވާކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާންގެ އެހެން ނޫހެއްކަމުގައިވާ ޓްރިބިއުންގައި މިއަދުގެ އެޑިޓޯރިއަލްގައި ބުނެފައި ވަނީ އިސްލާމް އާބާދު ހައިކޯޓުގައި ކުރިއަށް ދިޔަ ރޭޕްއާ ބެހޭ ޝަރީއަތެއްގައި ގާނޫނު ތަންގީޒު ކުރުމުގެ އައު ހުރަސްތަކުގެ ވާހަކަ ފުލުހުން ހިއްސާ ކުރި ކަމަށެވެ. ފުލުހުން ބުނެފައި ވަނީ ރޭޕްއާ ގުޅިގެން އެމީހުންނަށް އެކަށީގެންވާ ގޮތަށް ގާނޫނު ތަންފީޒު ނުކުރެވެނީ ފައިސާގެ ދަތިކަމުގެ ސަބަބުންނެވެ.

އެޑިޓޯރިއަލްގައި ބުނެފައި ވަނީ ރޭޕްގެ މައްސަލަތައް އަނެއްކާވެސް ޕާކިސްތާންގައި އިތުރު ވަމުންދާ އިރު، މި މައްސަލަތައް ތަހުގީގު ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.