ޕާކިސްތާންގައި ގިނަ އަދަދަކަށް މީހުންގެ ވާނުވާ ނޭނގި މީހުން ގެއްލޭ އިރުވެސް ޕާކިސްތާން ސަރުކާރުން މިކަމާ ބެހޭ ގާނޫނެއް އެކުލަވާލާކަށް ބޭނުމެއް ނުވާކަމަށް އިދިކޮޅު ޕާކިސްތާން ޕީޕަލްސް ޕާޓީން ބުނެފިއެވެ. އެ ޕާޓީގެ ސެކްރެޓެރީ ޖެނެރަލް ފަތުޙުﷲ ބާބަރު ވިދާޅުވީ، ކުރިން މިފަދަ ގާނޫނެއް ނުގެނެވުނީ ސިފައިން އެކަމަށް ބޭނުން ނުވާތީއެވެ. އެއަށްފަހު ގާނޫނެއް އެކުލަވާލިއިރު އެގާނޫނަކީ، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ފަދަ ގާނޫނެއް ނޫނެވެ.

ބާބަރު ވިދާޅުވީ ގިނަ ދުވަސް ވަންދެން ޕާލަމެންޓްގައި ބިލަށް ހިރަފުސްއަރަން ދޫކޮށްލާފައި އޮތުމުގެ މާނައަކީ، މިއީ ޕާކިސްތާނުން ސީރިއަސްކޮށް ފާސްކުރަން ބޭނުންވާ ގާނޫނެއް ނޫން ކަމަށެވެ.

އޭޝިއަން ފެޑެރޭޝަން އެގައިންސްޓް އިންވޮލަންޓްރީ ޑިސްއެޕެއަރެންސްއިން އިންތިޒާމު ކުރި ސެމިނާރެއްގައި ވާހަކަ ދައްކަވަމުން ބާބަރު ވިދާޅުވީ، މި ބިލް އެކުލަވާ ލެވުނު މީހުން މީހުން މިކަމާ ނިކަން އުފާ ފާޅުކުރި ކަމަށެވެ. އޭނާ ވިދާޅުވީ މި ފާސްކުރުން ލަސްވުމުން މިއިން ދޭހަވަނީ ކޮންމެ ވެސް ބާރުގަދަ ބަޔަކު ގައުމުގައި މިކަމާ ދެކޮޅަށް އުޅެނީ ކަމަށެވެ.

ޕާކިސްތާންގައި ނޫސްވެރިންނާއި ސިފައިންނަށް ފާޑުކިޔާ މީހުންނާއި ދެކޮޅަށް ނިކުންނަ މީހުން ގެއްލުމަކީ އާންމު ކަމެކެވެ. މިއަހަރުގެ ކުރީ ކޮޅުވެސް އެތައް ނޫސްވެރިއަކު މިކަމާ ބެހޭ ޝަކުވާތަކެއް ކޮށްފައި ވެއެވެ.