ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނަމުގައި ކްލަބް ހައުސްގައި ފިތުނަ އުފައްދާ ކަމަށް ބުނެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެވެސް މީހަކު އެމަނިކުފާނުގެ ނަމުގައި ކްލަބްހައުސްގައި ވަރަށް ފިތުނަ އުފައްދާކަމަށެވެ.

ނަޝީދު ވިދާޅުވީ ކްލަބްހައުސްގައި އެމަނިކުފާނުގެ ނަމުގައި އިންނާނެ އެކައުންޓަކީ "މުހައްމަދު ނަޝީދު" އެކަނި ކަމަށެވެ.

“ކްލަބް ހައުސްގައި އެއީ ކާކުކަމެއް ނޭނގެ. މިކަން ސާފުކޮށްދިނުން ވަރަށް އެދެން.” ނަޝީދު ވިދާޅުވިއެވެ.