ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުޖެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފި އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފަށާއިރުވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވާނީ ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.