ތާލިބާނުން ކާބުލް ހިފައިފިނަމަ، ޗައިނާއިން އަފްޣާނިސްތާންގެ ގާނޫނީ ވެރިންނަކީ ތާލިބާނުން ކަމަށް ބަލައިގަތުމަށް ނިންމާފައިވާ ކަމަށް ޑެއިލީ ނިއުސްއިން ބުނެއެވެ. މިއީ އެމެރިކާއާ ދެކޮޅަށް ޗައިނާއިން ކުރާ ކަމެއްކަމަށް ބެލެވެއެވެ. އެމެރިކާގެ ސިޔާސަތާ ހެދި ޗައިނާއަށް ބައިނަލްއަގްވާމީ މަސްރަހުގައި ދިމާވާ އެކަހެރި ކަމުން ސަލާމަތް ވުމަށާއި އެމެރިކާގެ ބޮލުގައި ރިއްސާލުމަށް ޗައިނާއަށް އޮތް އެންމެ މުނާސިބު ގޮތަކީ މިއީކަމަށް ޗައިނާއިން ދެކެއެވެ.

މިހާރާ ހަމައަށް ތާލިބާނުން ދަނީ އަފްޣާނިސްތާންގެ ތިންބައިކުޅަ ދެބައި އެމީހުންގެ ބާރުގެ ދަށަށް ގެނަސް ވެރިކަން ކުރަމުންނެވެ.

އެމެރިކާ ސިފައިން ފައިބައިގެން ދިއުމުން ތާލިބާނުން ކާބުލްއަށް މިސްރާބު ޖަހާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ އަމާޒަކީ އަފްޣާނިސްތާނުން މައުދަން ނެގުމާއި ވިޔަފާރި ފުޅާ ކުރުމުމެވެ.

ތާލިބާނުން ވަނީ ހުޅަނގުގައި ހީރާތު ހިފާފައެވެ. އަދި ދެކުނުން ކަންދަހާރު އެމީހުންގެ ބާރުގެދަށަށް ގެނަސްފައެވެ. މިއާއެކު މުޅި އަފްޣނިސްތާންގެ މައި ސިޓީތަކުގެ ދެބައިކުޅަ އެއްބައި ވަނީ ތާލިބާނަށް ލިބިފައެވެ.