ތާލިބާނުން ވަނީ ކާބުލްއަށް ހުރިހައި ފަރާތަކުން ވަދެފައެވެ. މނިކަން ދާޚިލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ ޑިޕްލޮމޭޓުން ވަނީ ހެލިކޮޕްޓަރުގައި ކާބުލްއިން ބޭރަށް ގެންގޮސްފައެވެ. އަފްޣާން ރައިސްގެ އޮފީހުން ވަނީ ބަޑީގެ އަޑު އިވޭކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ހާލަތު އަދި އޮތީ ކޮންޓްރޯލްގައި ކަމަށް ބުނެއެވެ.
ޖަލާލު އާބާދުވެސް ވަނީ ކުރިމަތި ލުމަކާ ނުލައި ތާލިބާން އަތްދަށަށް ގޮސްފައެވެ.