ކުއްލިއަކަށް މީހުން ހޯދަން އުޅޭ ފޮތްތަކުގެ ތެރޭގައި އަފްޣާނިސްތާންގެ ރައީސް އަޝްރަފް އަބްދުލްޣަނީ ލިޔުއްވާފައިވާ ފޮތެއް ހިމެނިއްޖެއެވެ. "ފެއިލްވެފައިވާ ދައުލަތްތައް ހިންގާނެ ގޮތާއި ލޫދިފައިވާ ގައުމުތައް ހަމަމަގަށް އަޅުވައި މުސްތަގުބަލް ބިނާ ކުރާނެ ގޮތާ ބެހޭ" ގޮތުން ރައީސް އަޝްރަފް ޣަނީ ލިޔުއްވި ފޮތް ޝާއިއުކޮށްފައި ވަނީ އޮސްކްފޯޑް ޔުނިވަރސިޓީ ޕްރެސްއިންނެވެ.
އަފްޣާނިސްތާން ރައީސަށް އިޙުތިރާމްގެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް މިފޮތް ހަދިޔާއަކަށް އެރުއެވެ.
ނޭޕާލް ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި ރައީސް ޣަނީ ވަނީ މިފޮތް ހަދިޔާ ކުރައްވައި ނޭޕާލްގެ ކަންކަން އިންތިޒާމު ކުރުމާ ބެހޭ ގޮތުން ނޭޕާލް ވެރިންނަށް އިރުޝާދުތައްވެސް ދެއްވާފައެވެ.
މިވާހަކަ ލިޔަމުން ނޭޕާލްގެ ޑިޕްލޮމޭޓަކު ވިދާޅުވީ ރައީސް ޣަނީ އަމިއްލަފުޅަށް ލިޔުއްވި ފޮތުގެ ބޭނުން އެންމެ ބޮޑަށް މިއަދު ޖެހިވަޑައިގަތީ ޚުދު އެމަނިކުފާނަށެވެ.
ނޫސްވެރިޔާ ބަރަކާ ދަތު ފަދަ އެތައް ބަޔަކު ދެކޭ ގޮތުގައި މިއީ އެމެރިކާއިން ސްކްރިޕޓް ލިޔެގެން އެމީހުންގެ ރައްކަލަށްޓަކައި ކުރި ކަންތައްތަކުން ރައީސް ޣަނީފަދަ ބޭފުޅުންނަށް ލިބިވަޑައިގަތް ކެއްސެކެވެ.
ތާއީދުގައި ވާހަކަ ދައްކާ މީހުން ބުނެފައި ވަނީ މުޙާވަރާގައި އޮންނަ ގޮތަށް ހުރިހައި ކަމެއް ދަންނަ އެއްވެސް މީހަކީ އޭނާގެ އަމިއްލަ ވެށީގައި އެދުރެއް ނޫންވެ.