ގދ. ތިނަދޫ އަނެއްްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ތިނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ މިއަދު ހެނދުނު 9:11 އިން ފެށިގެން ތިނަދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭގެ ހުއްދަނެތި އެެއްވެސް މީހަކު ރަށައް އެރުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.

ތިނަދޫ އަލުން މޮނިޓަރިންއަށްލާފައި މިވަނީ ތިނަދޫ ސްކޫލްގެ ގްރޭޑު ހަތަރެއްްގައި ކިޔަވާ ދަރިވަރަކު ކޮވިޑު -19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ތިނަދޫއިން އިއްޔެ ވަނީ ޖުމްލަ 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.