ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ތިމަރަފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުށިއަށް ޒިޔާރާތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިއަދުއެވެ. އަދި އެނބުރި ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

މިފަހުުން ރައީސް ސޯލިހް ވަނި ހދ. ގެ ތިން ރަށަކަށްވެސް ވަޑައިގެންފައެވެ.