ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނީ، ޕޮޒިޓިވް ވެފައި ވަނީ ދެ ޑޯޒް ވެކްސިން ޖެހުމަށްފަހު ރަށަށް އައި މީހެއް ކަމަށެވެ. އަދި އެ މީހާއަކީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

ދިއްދޫން ކޮވިޑް ފެނިގެން އެރަށް ބަންދުކޮށްފައި ވަނިކޮށް، މީގެ ހަ ދުވަސް ކުރިން ވަނީ ހުޅުވާލާފައެވެ.