ބޭނުންވާ ތަކެތި

1 ކިލޯ ގެރިމަސް ( ކުދިކޮށް ކޮށާފައި)

3 މޭޒުމަތީ ސަމުސާ ކުކިން އޮއިލް

1 މޭޒުމަތީ ސަމުސާ ދިރި

3 ކާފޫރުތޮޅި

1 އިންޗި ފޮނިތޮށި

6 ކަރަންފޫ

2 ބޮޑު ފިޔާ (ކޮށާފައި)

1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓު

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްތު

1 މޭޒުމަތީ ސަމުސާ ކޮތަނބިރި (މުގުރި)

1 މޭޒުމަތީ ސަމުސާ އަސޭމިރުސް ( މުގުރި )

1 މޭޒުމަތީ ސަމުސާ ރީނދޫ

½ 1 މޭޒުމަތީ ސަމުސާ މުގުރިމިރުސް

1 މޭޒުމަތީ ސަމުސާ ރާޅުކޮށް މުގުރާފައިވާ މިރުސް (ޗިލީ ފްލެކްސް)

2 މޭޒުމަތީ ސަމުސާ ޔޯގަޓު

3 ޖޯޑު ފެން

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެގޮތް

ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ފޮނިތޮށިކޮޅާއި ކާފޫރުތޮޅި ކަރަންފޫ ދިރި އަޅާށެވެ. ދެން ދޭފަތަކުން ހަލާލުމަށްފަހު ފިޔާ އަޅާށެވެ. ކުޑަ އިރުކޮޅަކުން އިނގުރު ލޮނުމެދު ޕޭސްޓު އަޅާށެވެ. ފިޔާކޮޅު ރަތްވުމުން ކޮށާފައި ހުރި ގެރިމަސްތައް އަޅާށެވެ. ދެން އުނދުނުގެ ގިނި މަޑުކޮށްގެން ގެރިމަސްކޮޅު ހަލަމުން ކައްކާލާށެވެ. ދެން ރީނދޫކޮޅުވެސް އަޅާށެވެ. އެއަށްފަހު މުގުރި ކޮނތަނބިރި އަދި އަސޭމިރުސްވެ އަޅާށެވެ. ދެން ބޮޑެތިކޮށް މުގުރާފައި ހުރި މިރުސްކޮޅާއި ހިމުންކޮށް މުގުރި މިރުސް، ޓޮމާޓޯ ޕޭސްޓް ވެސް އަޅާށެވެ. އަދި ބޮޑުމިރުސް ލައި، ލޮނުވެސްލައި ހުރިހާ އެއްޗެއް ގެރިމަހާ އެއްކޮށްލުމަށްފަހު 10 މިނެޓު ކައްކާލާށެވެ. އެއަށްފަހު ޔޯގަޓް އަޅާ އެއްކޮށްލާށެވެ. ދެން 2 ޖޯޑު ފެން އަޅައިގެން ޕްރެޝަރ ކުކަރެއްގައި މަތިޖަހައިގެން 20 މިނެޓު ކަށްކާލާށެވެ. އެއީ ގެރިމަސްތައް ރަނގަޅަށް މަޑުކޮށްލުމަށްޓަކައެވެ. 20 މިނެޓް ކެކުމުން މަތި ނަގާ އަނެއްކާވެސް ހޫނު ފެން ޖޯޑެއް އަޅައި އެއްކޮށްލާށެވެ. ބޭނުންނަމަ ކައްކާ ނިމުމުން މައްޗަށް ކޮރިއަންޑާ ލީވްސް ކޮޅެއް އެޅިދާނެއެވެ.