ފަތުރުވެރިންގެ ބުކިންއާ ގުޅޭ މައްސަލަތަކެއް ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ބުކިން އާ ގުޅޭ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ކަމަށާއި އަދި އެކަމާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ދީފައެއް ނުވެއެވެ. އަދި ތަހްގީގު ކުރަމުން ގެންދަނީ ކިތައް މައްސަލަ ކަމެއް ވެސް ފުލުހުން ހާމަކޮށްދީފައެއް ނުވެއެވެ.
އޮޅުވާލައިގެން ފަތުރުވެރިން ގެންނަ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި ގޮތަށް ފޭކް ބުކިންތަކުގައި ގިނައިން ގެންނަނީ އިންޑިއާ ޓޫރިސްޓުން ކަމަށް ވަނީ އެނގިފައެވެ.