ބ. އޭދަފުށި އާއްމު ހާލާތަށް ގެނެސްފިއެވެ.
އޭދަފުށި މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނީ މޮނީޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. އަދި މޮނީޓަރިން ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް އައިސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އޭދަފުށިން ޖުމްލަ 19 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.