ޑައިރެކްޓް ކޮންޓެކްޓް ވެގެން އައްޑޫ ސިޓީގައި ކަރަންޓީން ކޮށްފައި ހުރި މީހަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ އަންހެނެކެވެ.

ކަރަންޓީންގައި ހުރި އެމީހާ އައްޑޫ ކޮވިޑް މެޑިކަލް ފެސިލިޓީއަށް ގެނެއުމުން މަރުވިކަމަށް ނިންމާފައިވަނީ 07:20 ގައި ކަމަށެވެ. މިއީ އައްޑޫން ކޮވީދް-19 ގައި މަރުވި 3 ވަނަ މީހާއެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 224 އަށް އަރާފައެވެ.