ހަކުރު ބަލި ނުވަތަ ޑައިބެޓިކްސް އަކީ ދިވެހިރާއްޖޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. މި ބަލި ތަހައްމަލު ކުރަން ޖެހިފައިވާ މީހުން ރާއްޖޭގެ ނިސްބަތުގައި މަދެއް ނޫނެވެ. ގިނަފަހަރަށް މިއީ ވާރުތަކުރާ ބައއްޔެއް ކަމަށްވެސް ވެއެވެ. އެއީ ބައްޕަ ނުވަތަ މަންމަ ހަކުބަލި ހުރިނަމަ އުމުރުން ދުވަސްވުމުން ވަރަށްގިނަ ފަހަރަށް ދަރިންނަށްވެސް މި ބަލި ތަހައްމަލު ކުރަން ޖެހެއެވެ.
ހަކަރު ބަލި ތަހައްމަލު ކުރަން ޖެހިފައިވާ މީހަކު އަބަދުވެސް ލޭގެ ޓެސްޓް ހަދައި ހަކުރުގެ ލެވަލް ރަނގަޅުތޯ ބަލަން ޖެހެއެވެ. އަދި ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ސްޓޮރޯކް ޖެހުން، ލޮލުގެ ފެނުން ރަނގަޅުތޯ ބެލުމަށް ޓެސްޓް ހަދަން ޖެހެއެވެ.
ކޮންމެ ބައްޔަކުން ދުރުވުމަށް ވެސް ޑޮކްޓަރުން ބޭސް ދެއްވައެވެ. އެހެންނަމަވެސް ބޭހާއެކު ރަނގަޅު ކާނާވެސް ހަށިގަނޑަށް ބޭނުންވެއެވެ. މިގޮތުން ހަށިގަނޑުގައި ހަކުރު ހުންނަމިންވަރު ކޮންޓްރޯލް ކުރުމަށް ކެއުމުގެތެރޭގައި މޭވާ އާއި ތަރުކާރީ ހިމެނުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ތިރީގައި މިވަނީ އިންޑިއާގެ ކްލިނިކަލް އެންޑޯކްރޮނޮލޮޖިސްޓެއްކަމަށްވާ ޑްކްޓަރ ސަމުދިރިކާ ޕާޓިލް އިރުޝާދު ދެއްވި ބައެއް ކާނާއެވެ.
ހިތިފަތް
އެވޭލާ ޒަމާނުއްސުރެ ތަފާތު ބަލިތަކަށް ފަރުވާކުރުމަށް ބޭނުން ކުރާ ފަތަކެވެ. ދިވެހި ބޭހުގެތެރޭގައިވެސް ހިމެނޭ ބާވަތެކެވެ. އެގޮތުން ހަމުގެ ބަލިތަކާއި ދަތުގެބަލިތަކަށްވެސް ހިތިފަތް ބޭނުންކުރެއެވެ.
ހިތިފަތުގައި ހުންނަ މާއްދާއެއްގެ ސަބަބުން ގުލްކޯޒުގެ މިންވަރު ދަށްކޮށްދެއެވެ. މުގުރާފައި ހުންނަ ހިތިފަތް ސަޔަށް ނުވަތަ ފެނަށް ނޫނީ ކާ އެއްޗަކަށް އަޅައިގެން ދުވާލަކު ދެފަހަރު ބޭނުން ކުރެވިދާނެއެވެ.
ފާގަ
ރުޅިގަދަ ވުމުން އެއް ކިލޯ ފާގަ ދޭށޭ ބުނަނީ ހަމަ ރަނގަޅަށެވެ. ފާގަ އަކީ ލޭމައްޗަށް ދިއުމާއި ހަކުރުބަލި ކޮންޓްރޯލް ކޮށްދޭ އެއްޗެކެވެ.
ފާގައިން ސަޓަނި ހަދައިގެންނާއި ޖޫސް ގިރައިގެން ބޮވިދާނެއެވެ. ފާގަ އެކަނި ބޯން ހިތި ރަހަ ގަދަނަމަ އެހެން ތަރުކާރީއާއި މޭވާ އެއްކޮށްގެން ގިރާލައިގެން ޖޫހެއްގެ ގޮތުގައި ބޮވިދާނެއެވެ.
އިނގުރު
އިނގުރަކީ ވެސް ވަރަށް ގިނަބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ. ގަވާއިދުން އިނގުރު ސައި ބޯނަމަ ހަކުރު ލެވަލް އެއްވަރަކަށް ބެހެއްޓޭނެ ކަމަށް ޑޮކްޓަރ ޕާޓިލް ހާމަ ކުރެއްވިއެވެ.
އިނގުރު ސައިން އެންމެ ރަނގަޅު ފައިދާއެއް ލިބޭނީ ރޯ އިނގުރު ބޭނުން ކުރުމުންނެވެ.
އޯބަތް
އޯބަތަކީ ކާނާގެ ބާވަތްތައް ތައްޔާރުކުރާއިރު ބޭނުންކުރާ އެއްޗެކެވެ. އޯބަތް ކެއުމުން ހަށިގަނޑުގައި ދައުރުވާލޭގައި ހުންނަ ހަކުރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ.
އޯބަތަކީ ބަނޑުގެ ބަލިތަކާއި ކާތަކެތި ހަޖަމު ކުރުމަށް ވެސް އެހީވެދޭ ބާވަތެކެވެ.
ފޮނިތޮށި
ފޮނިތޮށްޓަކީ ކާތަކެތި ތައްޔާރުކުރުމަށާއި ދުފުމަށް ބޭނުންކުރާ ބާވަތެކެވެ.
ދުވާލަކު 250 މިލިގުރާމުގެ ފޮނިތޮށި ކެއުމަށް ޑޮކްޓަރ ޕާޓެލް އިރުޝާދު ދެއްވައެވެ. އެގޮތުން ކެއުމުގެ ކުރިން ދުވާލަކު ދެފަހަރު ފޮނިތޮށި ކެއުމުން ފައިދާބޮޑު ކަމަށް ޑޮކްޓަރ ހާމަކުރެއްވިއެވެ.