ބޭނުންވާ ތަކެތި

½ 2 ޖޯޑް ބަތް

1 ޖޯޑު ބޯންލެސް ޗިކަން ( ހިމަ ދިގުކޮށް ކޮށާފައި)

½ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ކޯންފުލާ

2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ތެޔޮ

1 ބިސް

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 މޭޒުމަތީ ސަމުސާ އިނގުރު (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)

1 ފިޔާ ކުދިކޮށް ކޮށާފައި

1 މޭޒުމަތީ ސަމުސާ ކެރެޓް ( ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ކެޕްސިކަމް ( ކުދިކޮށް ކށާފައި)

1 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް

½ މޭޒުމަތީ ސަމުސާ ވައިޓް ޕެޕާ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ވިނިގާ

2 މޭޒުމަތީ ސަމުސާ ސްޕްރިންއޮނިޔަން

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ކުކުޅުތައް ރަނގަޅަށް ދޮވެލުމަށްފަހު މަތިޖެހޭ ބޯތައްޓަކަށް އަޅާށެވެ. އެއަށްފަހު މުގުރި އަސޭމިރުސް ކޯންފްލާ 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް އަދި ކުޑަ ލޮނުކޮޅެއް އަޅާ ކުކުޅުތަކާއެކު ރަނގަޅަށް މޮޑެލާށެވެ. ދެން 15 މިނެޓް މެރިނޭޓުކުރަން ބަހައްޓާށެވެ.

15 މިނެޓް ވުމުން ތަވަޔަކަށް 1 މޭޒުމަތީ ސަމުސާ ތެޔޮ އަޅާ ހޫނުކޮށްލާށެވެ. ހޫނުވުމުން މެރިނޭޓް ކުރި ކުކުޅުކޮޅު އަޅާ ތެއްލާލާށެވެ. ތަވާގައި މަތި ޖަހއިގެންނެވެ. އެއަށްފަހު ތެއްޔަކަށް 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާ ހޫނުކޮށްލާށެވެ. ދެން އެއަށް އިނގުރު، ލޮނުމެދު، އަޅާށެވެ. ކުޑަކޮށް ހަނާވުމުން ފިޔާކޮޅު އަޅާށެވެ. ފިޔާކޮޅު ވަޅޯ ވުމުން ކެރެޓް ކޮޅާއި ކެޕްސިކަން އަޅާށެވެ. ދެން ތެލީގެ އެއްފަރާތަށް ތަރުކާރީކޮޅު ޖައްސާލާފައި ބިހެއް ގިރާލާފައި އަނެއް ފަރާތަށް އޮއްސާލާށެވެ. ބިސްގަނޑު 1 މިނެޓް ކެކުމުން ތަރުކާރީއާއި އެއްކޮށްލާށެވެ. ދެން ތެއްލި ކުކުޅުމަސްކޮޅު އަޅާށެވެ. އެއަށްފަހު 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް 1 މޭޒުމތީ ސަމުސާ ޗިލީ ގާލިކް ސޯސް އަޅާ އެއްކޮށްލާށެވެ. ދެން ކައްކާފައި ހުރި ބަތްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށް ފަހު ½ ސަމުސާ ވައިޓް ޕެޕާ ޕައުޑަރ 1 މޭޒުމަތީ ސަމުސާ ވިނިގާ އަޅާ އެއްކޮށްލާށެވެ. ދެން ލޮނު ހެޔޮވަރުކުރުމަށްފަހު ކޮށާފައި ހުރި ސްޕްރިން އޮނިޔަން އަޅާ އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ.