އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 17 ކޭސްގެ ތެރެއިން 11 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށާއި އަދި ތިން ކޭސް ހިތަދޫ އިން ފެނިފައިވާއިރު ފޭދޫން ވެސް ތިން ކޭސް ފެނިފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 11 ޑައިރެކްޓް ކޮންޓެކްޓުންނާއި، ހަތް ފްލޫ ސާމްޕަލް އާއި ތިން ރެންޑަމް ސާމްޕަލްގެ އިތުރުން ތިން ފްލޫ ސާމްޕަލް އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 71 ކޭސް އުޅޭއިރު، ހިތަދޫގައި 29 ކޭސް، ފޭދޫގައި އެކްޓިވް 19 ކޭސް، މަރަދޫފޭދޫގައި 32 ކޭސް އަދި ހުޅުދޫ އާއި ގަމުގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 153 އަށް އަރާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 658 މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.