ގދ. ތިނަދޫގައި ކޮވިޑް-19އަށް ފަރުވާދެމުންދިޔަ އުމުރުން 90 އަހަރުގެ މީހަކު މަރުވެއްޖެ.

އެރަށުގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، މަރުވެފައި ވަނީ ފިރިހެނެއް ކަމަށާއި، އެ މީހާ މަރުވެފައި ވަނީ މިއަދު އިރުއޮއްސި 6:30 ގައި ކަމަށެވެ.

މިއީ ތިނަދޫން ކޮވިޑްގައި މަރުވި ތިން ވަނަ މީހާއެވެ.