އައްޑޫ ސިޓީގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ސްކޫލްތައް ބަންދުކުރުމަށް ނިންމާފައިވަނީ ދެ ހަފްތާގެ މުއްދަތަކަށް ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވެއްޖެނަމަ އެއަށް ވުރެ އަވަހަށް ސްކޫލްތައް ހުޅުވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ސްކޫލްތައް ބަންދުކުރުމުގެ އިތުރުން ރޭގަނޑު 9 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.

މި ފިޔަވަޅުތައް އަޅާފައިމިވަނީ ކޮވިޑް-19 ގެ ކޭސްތައް ގިނަ އަދަދަކަށް ފެނުމާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނީޓަރިން ހާލަތަށް ގެނައުމާ ގުޅިގެންނެވެ. އެގޮތުން މިއަދުވެސް އައްޑޫ އިން ވަނީ އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެތެރޭގައި ހިމެނެނީ 12 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފަސް ފްލޫ ސާމްޕަލް އާއި އެއް ރެންޑަމް ސާމްޕަލް އެވެ.