ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކް ވެފައިވާތީ އެކަމާގުޅިގެން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި އިހުތިޖާޖް ކުރަން ފަށައިފިއެވެ.

އިދިކޮޅު މެމްބަރުން އަންނަނީ ރައީސް ޔާމީން މިނިވަންކުރުމަށް މަޖިލީހުގައި ގޮވާލަމުންނެވެ. އަދި އެ އޯޑިއޯ ތަކުގެ މައްސަލަ ބެލުމަށް ގޮވާލާ ރިޔާސަތުގެ މޭޒުކައިރީގައި އަންނަނީ އަޑުގަދަ ކުރަމުންނެވެ.

މިކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އަންނަނީ ނިޒާމީ ނުކުތާ ނަގާ އެ މެމްބަރުންގެ ނަން އިއްވައިގެން ނަމަވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ގޮވާލަމުންނެވެ.

މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް ނިޒާމް ގެއްލުވާލުމަށް މަސައްކަތް ކުރާތީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި ޖަލްސާއިން ބޭރުވެސް ވަނީ ކޮށްފައެވެ.