ރ. ދުވާފަރު ބިން ހިއްކުމުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ދުވާފަރު ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް މިއަދު ނިމިފައިވާކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 28 އޯގަސްޓް 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 143.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.