މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މިހަފްތާގެ ހޯމަ ދުވަހުގެ ފުވައްމުލަކުން މާލެ ދަތުުރު ކުރުމަށް އޮތް ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހުއެވެ.

ފުލުހުން ބުނީ އެމީހާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއި އެކުގައި ކަމަށާއި ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަޙްގީޤް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކަމަށެވެ.