ބޭނުންވާ ތަކެތި: މެރިނޭޓް ކުރުމަށް

300 ގުރާމު ބޯންލެސް ޗިކަން ( ކުދިކޮށް ކޮށާފައި)

½ މޭޒުމަތީ ސަމުސާ ލޮނު

½ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

½ މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

¾ މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓު

2 މޭޒުމަތީ ސަމުސާ ކޯންފުލާ

1 މޭޒުމަތީ ސަމުސާ ގޮދަންފުށް

1 ބިސް

ސޯސް ތައްޔާރުކުރުމަށް

2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

½ 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ވިނިގާ

5 ލޮނުމެދު (ކޮށާފައި)

2 އިންޗި އިނގުރު (ކޮށާފައި)

3 ގްރީން ޗިލީ

1 ފިޔާ

1 ކެޕްސިކަމް

3 މޭޒުމަތީ ސަމުސާ ގްރީން އޯނިޔަން (ކުދިކޮށް ކޮށާފައި)

1 ޖޯޑު ފެން

ރަހަލާވަރަށް ލޮނު

ތެޔޮ ( ތެއްލަން)

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކޮށާފައިހުރި ކުކުޅުތައް ރަނަގަޅަށް ދެވެލާށެވެ. އެއަށްފަހު މަތިޖެހޭ ތައްޓަކަށް އަޅާށެވެ. ދެން މެރިނޭޓް ކުރާ ތަކެތި އެޅުމަށްފަހު 30 މިނެޓު މެރިނޭޓު ކުރުމަށް ބަހައްޓާށެވެ. އެއަށްފަހު ފިޔަ އާއި އިނގުރު ލޮނުމެދު ކެޕްސިކަމް ކޮށާލާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އެޅުމަށްފަހު މެރިނޭޓުކުރި ކުކުޅުތައް ތެއްލާލާށެވެ.

ދެން ސޯސް ތައްޔާރުކުރުމަށް 1 މޭޒުމަތީ ސަމުސާ ތެޔޮ އެޅުމަށްފަހު ހޫނު ވުމުން ކޮށި ލޮނުމެދު ކޮޅު އަޅާށެވެ. ދެން ކޮށި އިނގުރުކޮޅުވެސް އަޅާށެވެ. އެއަށްފަހު މިތަކެތި ކުޑަ އިރުކޮޅަކު ބަހައްޓައިގެން ތެއްލާލާށެވެ. ދެން ގްރީން ޗިލީވެސް ދިގުކޮށް ކޮށާލުމަށްފަހު ތަވަޔަށް އަޅާށެވެ. ފިޔާވެސް އަޅާށެވެ. ދެން ކެޕްސިކަމްވެސް އަޅާ ހުރިހާ އެއްޗެއް އެއްކޮށް ހަނާކޮށްލާށެވެ. އެއަށްފަހު ހުރިހާ ސޯސްއެއް އެއްކުރާށެވެ. ދެން އުނދުނުގެ ގިނި ގަދަކޮށްލުމަށްފަހު 2 މިނެޓު ކައްކާލާށެވެ. އެއަށްފަހު 1 ޖޯޑު ފެން އަޅާ އެއްކޮށްލާށެވެ. ދެން ތެއްލި ކުކުޅުކޮޅު ވެސް އަޅާށެވެ. ދެން ލޮނުހެޔޮވަރުކުރުމަށްފަހު ސްޕްރިންގް އޯނިޔަން އަޅައި އުނދުންމަތިން ބާލާށެވެ.