އެމްޑީޕީ އޮފީސްތެރޭގައި އިއްޔެ ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެމްޑީޕީ އޮފީހުގައި ހިންގި ހަމަނުޖެހުމުގައި އަނިޔާވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަންމަ، މަންދީ ޒުބައިރުއެވެ.

އެގޮތުން މި ހަމަލާގައި މަންދީގެ ބޯ ވަނީ ފަޅާލާފައެވެ. މި ހަމަލާދޭން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ ހަމަލާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.