އައްޑޫ ސިޓީން އިތުރު 28 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑު ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 28 ކޭސްގެ ތެރެއިން 10 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށެވެ. އަދި ހިތަދޫ އިން ފަސް ކޭސް، ފޭދޫން ދެ ކޭސް، މީދޫއިން 9 ކޭސް އަދި ހުޅުދޫ އިން ދެ ކޭސް ފެނިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

މީގެތެރޭގައި ހިމެނެނީ 13 ޑައިރެކްޓް ކޮންޓެކްޓުންނާއި، ތިން ފްލޫ ސާމްޕަލްގެ އިތުރުން 10 ރެންޑަމް ސާމްޕަލް އާއި ދެ ޓްރެވެލް ސާމްޕަލް އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ.