އައްޑޫ ސިޓީން އިތުރު 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 32 ކޭސްގެ ތެރެއިން 21 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށެވެ. އަދި ހިތަދޫ އިން 10 ކޭސް، މަރަދޫފޭދޫން އެއް ކޭސް ފެނިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

މީގެތެރޭގައި ހިމެނެނީ 24 ޑައިރެކްޓް ކޮންޓެކްޓުންނާއި، ހަތަރު ފްލޫ ސާމްޕަލްގެ އިތުރުން ތިން ރެންޑަމް ސާމްޕަލް އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 139 ކޭސް އުޅޭއިރު، ހިތަދޫގައި 79 ކޭސް، ފޭދޫގައި އެކްޓިވް 17 ކޭސް، މަރަދޫފޭދޫގައި 9 ކޭސް އަދި ހުޅުދޫގައި ތިން ކޭސް ގަމުގައި އެއް ކޭސް އަދި މީދޫގައި 22 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 270 އަށް އަރާފައެވެ.