ފަރެސްމާތޮޑާއިން ކޮވިޑް ކޭސްތަކެއް ފެނިގެން އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު މިހާތަނަށް ފަންސާހަކަށް މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށް އެރަށު ސިިއްހީމަރުކަޒުން ވިދާޅުވެއްޖެއެވެ.

ސިއްހީ މަރުކަޒުން ވިދާޅުވީ ސެޕްޓެމްބަރ 3 ގައި އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވުމުން މިހާތަނަށް ހެދި ޓެސްޓުތަކުން ޖުމްލަ ތިން މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޓެސްޓް ކުރަން އިތުރު ސާމްޕަލްތަކެއް ވަނީ ފޮނުވާފައި ކަމަށް ވެސް ވިދާޅުވިއެވެ.

މި ތިން މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް ވަނީ ފަންސާހެއްހައި މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައި ކަމަށް ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

އެރަށުން ކޮވިޑް ކޭސްތަކެއް ފެނުމުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ސެޕްޓެމްބަރ 4 ވަނަ ދުވަހުން ފެށިގެން އެރަށްވަނީ މޮނިޓަރިންްއަށް ލައިފިައެވެ.

މީގެ ކުރިން ވެސް އެރަށުން ވަނީ މިބަލީގެ މީހުންތަކެއް ފެނިފައެވެ. އެފަހަރުވެސް މަހެއްހާ ދުވަހަށް އަރަށް ކަރަންޓީނު ކުރިއެވެ. ރައްޔިތުން އޭރުވެސް ދެއްކެވި ރީތި، ލާމަސީލު ނަމޫނާ މިފަހަރުވެސް ދައްކައި، މި ބަލިމަޑުކަމުން އަރައިގަތުމަށް އަތުކުރި އޮޅާލުމަށް ސިއްހީމަރުކަޒުން ވަނީ އެދިވަޑައިގެންފައެވެ.

"މި ހައްސާސް ދަނޑިވަޅުގައި އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވާ! ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދު ތަކަށް ފުރިހަމައަށް ބޯލަބައި، މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ފަރުދީ ޒިންމާ އަދާ ކުރަމާ،" ފަރެސްމާތޮޑާ ސިއްހީމަރުކަޒުން ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން މިހާރުވަނީ އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 3 އަށް އަރައިފައެވެ. މީގެ ކުރިން ވެސް އެރަށުން ކޭސްތަކެއް ފެނިގެންވަނީ ރަށް މޮނިޓަރިންއަށް ލައިފައެވެ.

މި ބަލިމަޑުކަމުން ދުރުވުމަށް އެޅެން އޮތް ފިޔަވަޅުތަކަކީ، މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގޭގައި މަޑުކުރުމާއި، ވެކްސިން ޖެހުމެވެ.