އައްޑޫ ސިޓީން އިތުރު 39 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްއައްޑު ހޮސްޕިޓަލުން ވިދާޅުވީ މީގެތެރެއިން 13 މީހުން ފެނިފައިވަނީ ހިތަދޫއިން ކަމަށެވެ. އެއީ ފުލޫ ކުލިނިކަށް ދެއްކި 6 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 7 މީހެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ 6 މީހެކެވެ. އެއީ ފުލޫ ކުލިނިކަށް ދެއްކި މީހަަކާއި 5 ޑައިރެކްޓު ކޮންޓެކްޓުންނެވެ. މަރަދޫ ފޭދޫއިން ވަނީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރި އެކަކު ޕޮޒިޓިވްވެފައެވެ. ފޭދޫ އިން ވަނީ 5 މީހުން ޕޮޒިޓިވްވެފައެވެ. ހުޅުދޫއިން ވަނީ 7 މީހުން ޕޮޒިޓިވްވެފައެވެ. މީދޫއިން ވެސް ވަނީ 7 މީހަކު ޕޮޒިޓިވް ވެފައެވެ.
ހިތަދޫގައި މިހާރު ތިބި އެކްޓިވް ކޭޭސްގެ އަދަދަކީ 91 އެވެ. މަރަދޫގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 144 މީހުންނެވެ. މަރަދޫ ފޭދޫގައި ތިބީ 10 މީހުންނެވެ. ފޭދޫގައި 22 މީހުންނެވެ. ހުޅުދޫގައި 10 މީހުންނެވެ. މީދޫގައި ތިބީ 29 މީހުންނެވެ. މީގެ އިތުރުން ގަމުގައި މިވަގުތު ޕޮޒިޓިވް ވެފައިވާ އެންމެ މީހެކެވެ.
އައްޑޫސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ ޖުމްލަ 307 މީހުންނެވެ. 741 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. 3 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. ބަލި ޖެހުނު މީހުންގެ ޖުމްލައަކީ 1051 އެވެ. ބަލިން ރަނގަޅުވެގެން މިއަދު ދޫކޮށްފައިވަނީ 2 މީހެކެވެ.