ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މިއަދު މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ރ. ކަނދޮޅުދުއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ފިރިހެނެކެވެ.

އެންމެ ފަހުން ރާއްޖެއިން ކޮވިޑުގައި މީހަކު މަރުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި 90 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 227 އަށް އަރައިފައެވެ. އެއީ 210 ދިވެހިންނާއި 17 ބިދޭސީންނެވެ.